މިއަދަކީ ދިވެހިން ވެރިކަމުގެ ނިޒާމާއި މެދު ވިސްނަން އެންމެ ރަނގަޅު ދުވަސްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޖުމްހުރީ ދުވަހުގެ ތަހްނިޔާ ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވަމުން ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމާއި މެދު މިއަދު ދިވެހިން ވިސްނަން ޖެހޭކަމަށެވެ.
Jumhooree dhuvahuge thahniya. Miadhakee verikamuge nizaam aai gulhey gothun Dhivehin visnan enme ragalhu dhuvas
— Mohamed Nasheed (@MohamedNasheed) November 11, 2017
ޖުމްހުރީ ދުވަހުގެ ތަހްނިޔާ ރައީސް ނަޝީދު ރައްޔިތުންނަށް ފޮނުއްވި އިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ޖުމްހުރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަން ކަމަށެވެ.
Jumhoory dhuvahuge thahuniyaa hurihaa lobuvethi dhivehi rayyithunnah dhannavan. Jumhoory verikamakee rayyithunge verikan.
— Maumoon Abdul Gayoom (@maumoonagayoom) November 11, 2017
ޖުމްހުރީ ދުވަސް މިއަދު ދިވެހިން ފާހަގަ ކުރަމުން އަންނަ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރާއްޖޭގައި އޮތީ ޖުމްހުރީ ވެރިކަމެއް ނޫންކަމަށާއި ހުދުމުޙްތާރު އަނިޔާވެރި ވެރިކަމެއް ކަމަށެވެ.