އަންނަ ރިޔާސީ އިންތިހާބްގައި ކޯލިޝަން ސަރުކާރެއް އުފެއްދުމަށް ތާއިދުކުރަން އަދާލަތު ޕާޓީން ފާސްކޮށްފިއެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި އެޕާޓީން ވަނީ އަންނަ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބް ކާމިޔާބް ކުރުމަށް ކޯލިޝަން ސަރުކާރަށް ތާއިދު ކުރުމަށެވެ.
މަޝްވަރާ މަޖިލީހުން އެގޮތަށް ނިންމާފައިވަނީ ރައްޔިތުންގެ ހައްގުތައް އިސްކޮށް މިވަގުތު ރާއްޖެއަށް ދިމާވެފައިވާ މުސީބާތުން ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު އަލުން އަނބުރާ އިއާދަ ކުރުމަށެވެ.
އަދާލަތު ޕާޓީން މިފަދައިން ނިންމި އިރު ކޯލިޝަންގައި ހިމެނޭ އެހެނިހެން ޕާޓީތަކުންވެސް ބުނަމުން ދަނީ ކޯލިޝަން ސަރުކާރެއް އުފެއްދައި އިންތިހާބް ކާމިޔާބް ކުރާނެ ކަމަށެވެ.
އަދާލަތު ޕާޓީ އަކީ 2008 އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބް ކާމިޔާބް ކޮށްދުނަމަށް އިއްތިހާދުވި ޕާޓީއެކެވެ.