Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ވިލިނގިލީގައި އެކްސިޑެންޓްވި ޒުވާނާ މާލެ ގެންދަނީ

ވިލިގިލީގައި މިއަދު އެކްސިޑެންޓުވި ދެ ސައިކަލު---ފޮޓޯ:ވިލިގިލި/ފޭސްބުކް ޕޭޖު

މިއަދު ހެނދުނު ގއ. ވިލިނގިލީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްގއ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ހޮސްޕިޓަލްގެ މެނޭޖަރ ނަޒްލީން ނަޖީބް ވިދާޅުވީ އެކްސިޑެންޓް ވެގެން 32 އަހަރުގެ ޒުވާނަކާއި 19 އަހަރުގެ ޒުވާނަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރެއިން 19 އަހަރުގެ ޒުވާނާއަށް ސީރިއަސް އަނިޔާވެފައިވާތީ ސީޓީ ސްކޭން ހެދުމަށް މާލެ ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަޒްލީން ވިދާޅުވީ އެޒުވާނާގެ ބޭރުފުށުން ގެއްލުމެއް ފެންނަން ނެތަސް ލޯ ކައިރިން ފުން ޒަހަމްތަކެއް ހުރި ކަމަށެވެ.

ވިލިގިލީގައި މިއަދު އެކްސިޑެންޓުވި ދެ ސައިކަލު—ފޮޓޯ:ވިލިގިލި/ފޭސްބުކް ޕޭޖު

ވިލިނގިލީ ބޮޑު މަގުގައި ހިނގި މި އެކްސިޑެންޓްގައި ދެ ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުން ވެފައެވެ. އެކްސިޑެންޓް ހިނގާފައިވަނީ ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާފައިވާ އެރަށު ބޮޑު މަގުގައެވެ.