Last Updated: June 8, 19:10
Monday, June 8, 2026
ޚަބަރު

އައިއެސް ނައްތާލަން ޓްރަމްޕާއި ޕުޓިން އެއްބަސްވެއްޖެ

ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ނައްތާލުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑްމިރު ޕުޓިން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ޓްރަމްޕާއި ޕުޓިން އެގޮތަށް އެއްބަސްވެފައިވަނީ އޭޝިއާ ޕެސިފިކް ސަމިޓުގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އައިއެސް ނައްތާލުމަށް އެއްބަސްވެފައިވާކަން ރަޝިޔާއިން މީޑިޔާގައި ހާމަކުރި ނަމަވެސް އެކަމާއި ބެހޭގޮތުން އެމެރިކާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމެރިކާއާއި ރަޝިޔާއަކީ ވާދަވެރި ދެގައުމެވެ. ނަމަވެސް ޓްރަމްޕް ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ދެ ގައުމުގެ ގުޅުން ރަނގަޅުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

އެމެރިކާގެ ނިމިދިޔަ ރިޔާސީ އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެމެރިކާގެ ތަހުގީގީ އިދާރާތަކުން ދަނީ ބަލަމުންނެވެ. އެ މައްސަލާގައި ޓްރަމްޕްގެ ގާތް ބައެއް މީހުންގެ މައްޗަށް ތުހުމަތުކޮށް ދަނީ ތަހުގީގު ކުރަމުންނެވެ.

އައިއެސްއާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި އެމެރިކާއިން އިސްރޯލެއް އަދާ ކުރަމުންދާ އިރު ސީރިއާގެ ރައީސް ބަޝާރުލް އައްސަދަށް ރަޝިޔާއިން ދަނީ ވާގިވެރިވަމުންނެވެ.