ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަން ގްރޫޕް ބީގެ ދެވަނަ މެޗްގައި މިސްކިތް މަގު އެންމެންގެ ގުޅުން 3-1 ސެޓުން ބަލިކޮށް މީދޫ ވޮލީ ޓީމް މުބާރާތުގެ ސެމީން ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި ކުޅުނު މެޗްގެ ފުރަތަމަ ސެޓު މީދޫ ޓީމުން ކާމިޔާބް ކުރީ 26،24އިންނެވެ. ނަމަވެސް ދެވަނަ ސެޓް ފޯރިގަދަ ކުޅުމަކަށް ފަހު ގެންދިޔައީ މިސްކިތް މަގު އެންމެންގެ ގުޅުމުންނެވެ. މި ސެޓް އެޓީމުން ގެންދިޔައީ 23،25 އިންނެވެ. މީދޫ ޓީމުން މެޗްގެ ލީޑް ނެގި ނަމަވެސް ގިނަ ސާވް މި މެޗްގައި މީދޫ ޓީމަށް ގެއްލިގެން ދިޔަ ތަން ފެނިގެން ދިޔައެވެ.

ނަމަވެސް 3 ވަނަ ސެޓާއި ހަތަރުވަނަ ސެޓު މީދޫ ޓީމުން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ގެންގޮސްފައެވެ. ތިން ވަނަ ސެޓް މީދޫ ޓީމުން ގެންދިޔައީ 11،25 އިންނެވެ. އަދި ހަތަރު ވަނަ ސެޓް ގެންދިޔައީ 22،35 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މީދޫ ޓީމްގެ ޕާކިސްތާން ކުޅުންތެރިޔާ މުރާދު ޖީހާންއެވެ.