Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ވެރިކަން ބަދަލުކުރަން ނެރެންވީ މައުމޫނާއި ނަޝީދުގެ އިއްތިހާދެއް: ޑރ ޝަހީދު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން ބޭނުން ނަމަ ނެރެންވީ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ އިއްތިހާދެއް ކަމުގައި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނާއި ނަޝީދުގެ ސަރުކާރުގައި ވެސް ވަޒީރުކަން ކުރައްވާފައިވާ ޑރ. ޝަހީދު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"ވެރިކަން ބަދަލުކުރަން ބޭނުން ނަމަ ނެރެން ޖެހޭނީ ނަޝީދާއި މައުމޫނުގެ އިއްތިހާދެއް. އެހެން ނޫނީ އަހަރުމެން ބަދަލެއް ގެންނަން ސީރިއަސް އެއް ނޫން"


ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ މަންދޫބު ކަން ވެސް ކުރައްވާ ޑރ. ޝަހީދު މިގޮތަށް ވިދާޅުވެފައި ވާއިރު އަދާލަތު ޕާޓީން ވެސް ވަނީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ތާއީދު ކުރުމަށް ނިންމާފައެވެ.