ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު ފާރިސް މައުމޫނާއި ދެކޮޅަށް ހެކި "ގަންނަން" ސަރުކާރުން ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށް ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "މި ހައިޑްރޯލިކް ސަރުކާރުން ފާރިސް އާއި ދެކޮޅަށް ގަންނަން އުޅުނު ހެކި އުޅެއުޅެ ވެސް ގަންނަން ނުލިބުނު" ކަމަށެވެ. އަދި "އުޅެއުޅެ އެއިން ހެއްކެއް ވިއްކަން ވެސް މީހަކު އެއްބަސް ނުވި" ކަމަށް ވެސް މުސްތަފާ ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ފާރިސް އާއި ދެކޮޅަށް "ގަންނަން" އުޅުނު ކަމަށް ތުހުމަތު ކުރެއްވި ނަމަވެސް އެ ހެއްކަކީ ކޮބައިކަމެއް މުސްތަފާ ވިދާޅުވެފައެއް ނުވެއެވެ.
Mi Hydraulic Sarukaarun MP @afarismaumoon aai dhekolhah gannan ulhunu Heki ulhe ulhe ves gannan nulibunu… Adhi ulhe ulhe e in Hehkeh vihkan ves Meehaku Eh bas nuvi… huri hithaama Eh ge bodu kaamaa ey… ???
— Mohamed Musthafa (@Thimarafushi) November 10, 2017
ސަރުކާރުން ފާރިސް އާއި ދެކޮޅަށް ހެކި "ގަންނަން" އުޅުއްވި ކަމުގެ ތުހުމަތު މުސްތަފާ ކުރެއްވި އިރު، އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ގާރީ ރަޝީދު) މަސައްކަތް ކުރައްވާ ކަމަށް ޖޭޕީގެ އެކްޓިވިސްޓެއް ކަމުގައިވާ ޝާފިއު ވަނީ ބުނެފައެވެ.
އެހެން ނަމަވެސް އެވާހަކަތައް ގާރީ ރަޝީދު ވަނީ ދޮގުކުރައްވާފައެވެ.