ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ސ.މަރަދޫ އަށް ނިސްބަތްވާ މަޝްހޫރު ފޮޓޯގްރާފަރު މުޙައްމަދު ޝާފީ އަށް ލިބިއްޖެއެވެ.
ޝާފީއަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމް ލިބިފައި ވަނީ، ވިޝުއަލް އާޓްސްގެ ދާއިރާއިން، ފޮޓޯގްރަފީގެ ރޮނގުންނެވެ. ޝާފީ އަކީ، ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ޑިޖިޓަލް ސްޓޫޑިއޯގެ ސީއީއޯ އެވެ.
2005 ވަނަ އަހަރު ހުޅުވި ޑިޖިޓަލް ސްޓޫޑިއޯގެ ފަރާތުން ޒުވާނުން ތަމްރީނުކުރުމަށް ޔޫތް މިނިސްޓްރީ އާއި ގުޅިގެން ފޮޓޯގްރަފީ ކޯސްތައް ވެސް މީގެ ކުރިން ވަނީ ހިންގާފައެވެ.
އަދި ދާދިފަހުން އައްޑޫގައި ބޭއްވި ސަޓާ އެވޯޑްގެ އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރުކަން ވެސް ކޮށްފައި ވަނީ ޑިޖިޓަލް ސްޓޫޑިއޯ އިން ކަން ފާހަގަކޮށްލެވެއެވެ.