އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓުވިޓާ މެދުވެރިކޮށް އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮންގް އުންއަށް ފުރައްސާރަކޮށް މަލާމާތްކޮށްފިއެވެ.
ޓްރަމްޕް ބުނެފައިވަނީ ކިމް ޖޮންގް އުން ވަނީ އޭނާއަކީ މުސްކުޅިއެއް ކަމަށް ބުނެ މަލާމާތްކޮށްފައި ކަމަށެވެ. އަދި ކިމް އަކީ ކުރު، ފަލަ މީހެއް ކަމަށް ބުނެ މަލާމާތުގެ ރައްދެއް ދިނުމަށްފަހު ޓްރަމްޕް ބުނެފައިވަނީ ކިމްގެ ރައްޓެއްސަކަށް އޭނާއަކަށް ނުވެވޭނެ ކަމަށެވެ.
https://twitter.com/realDonaldTrump/status/929511061954297857
އުތުރު ކޮރެއާ އެމެރިކާގެ ގުޅުން ގޯހުން ގޯހަށް ގޮސްފައިވަނިކޮށް ދެ ލީޑަރުންގެ ހޫނު ބަހުގެ ހަމަލާތަކެއް އަނެއްކާވެސް ބަދަލުވެފައިވާއިރު ދެ ލީޑަރުން އުޅެނީ ކުޑަކުދިންހެން ކަމަށް ބުނެ ރަޝިޔާއިން ވަނީ މީގެ ކުރިން ފާޑުކިޔާފައެވެ.
އަނެއްކާވެސް ޓްރަމްޕަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ބައެއް މީހުން އަންނަނީ އޭނާގެ މިކަމަށް ތައުރީފު ކުރަމުންނެވެ.