ޝީޝާގެ 30 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން "ހަބޭސް 30" ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ރާއްޖޭގެ ހޮންޑާގެ އޮތޮރައިޒް ޑިސްޓިރިބިއުޓަރ ޝީޝާއިން މިއަދު ފެށި ޕްރޮމޯޝަންގެ ދަށުން އިންސްޓޯލްމެންޓަށް ސައިކަލް ނަންގަވާ ފަރާތްތަކަށް 20،000 ރުފިޔާ ސޭވް ވެގެން ދާނެއެވެ.
"ހަބޭސް 30" ޕްރޮމޯޝަން އާއި ގުޅޭ ގޮތުން ޝީޝާގެ މާކެޓިން މެނޭޖަރ ފާޠިމަތު ޖުމާން ވިދާޅުވީ އިންސްޓޯލްމެންޓަށް ސައިކަލް ނަގާ ފަރާތްތަކަށް ބޮޑު ސޭވިންއެއް ލިބިގެން ދާނެ ކަމަށެވެ.

ޖުމާން ވިދާޅުވީ މީގެ ކުރިން ޑަައުން ޕޭމަންޓްގެ ގޮތުގައި ސައިކަލުގެ %40 ދައްކައިގެން ނަގާ އިންސްޓޯލްމެންޓް ޗާރޖް، މި ޕްރޮމޯޝަންގައި ޑައުންޕޭމަންޓްގެ ގޮތުގައި %10 ދައްކައިގެން ނެގޭނެ ކަމަށެވެ.
އަދި އެއްފަހަރާ ސައިކަލަށް ފައިސާ ދައްކާ ފަރާތްތަކަށް ފަސް ހާސް ރުފިޔާގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ޝީޝާގެ އައުޓްލެޓް ތަކުން ސައިކަލް ސާވިސް ކުރުމާއި އިންސްޓޯލްމެންޓަށް ސައިކަލް ނެގުމުގެ އިތުރުން އެއްފަހަރާ ފައިސާ ދެއްކުމަށްފަހު ސައިކަލް ނަންގަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން އެއްވަނައަށް އަންނަ ފަރާތަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުންވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ޝީޝާގެ ރަސްމީ ފޭސްބުކް ޕޭޖަށް ލައިކެއް ދިނުމަށްފަހު ޝެއާ ކުރާ ފަރާތްތަކުގެ މެދުގައި އިނާމް ލިބޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ އެންމެ މަގްބޫލް ސައިކަލް ބްރޭންޑް "ހޮންޑާ" ވިއްކާ ޝީޝާއިން ދަނީ ކޮލެޓީ ހިދްމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގެ އިތުރާއި ދެކުނުގައި އައުޓްލެޓް ހުޅުވައި މާލެ އާއި އެއް އަގެއްގައި ސައިކަލް ވިއްކައި ޕްރޮފެޝަނަލް މެއިންޓަނެންސް ސާވިސް ދަނީ ފޯރުކޮށްދެމުންނެވެ.