Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

މި ފަހަރު "ނަމޫނާ ކޮއްޔާ ކޭމްޕް" އެއް

ހިތަދޫގައި ހިންގާ ލިޓްލް މޫމިންސް ޑޭ ކެއާއިން މި މަހު "ނަމޫނާ ކޮއްޔާ ކޭމްޕް" ގެ ނަމުގައި ހަރަކާތެއް ހިންގަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ކޭމްޕް ކުރިއަށް ދާނީ މި މަހުގެ 17-21 އަށެވެ. ކޭމްޕް ހާއްސަކޮށްފައި ވަނީ އުމުރުން 6-12 އަހަރާ ދެމެދުގެ ކުދިންނަށެވެ. ބައިވެރިވާން 550ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

ލިޓްލް މޫމިންސް އިން ބުނީ ބަންދު ތެރޭގައި ބާއްވާ މި ކޭމްޕްގެ ސަބަބުން، ކުދިންނަށް ދިރިއުޅުމުގެ ރީތި އާދަތަކާއި ރަނގަޅު ކުއްޖަކަށްވުމަށް ބާރު އަޅައިދޭ ގިނަ ކަންތައްތަކެއް ދަސްވެގެން ދާނެ އެވެ.

"ނަމޫނާ ކޮއްޔާ ކޭމްޕް" އާ ބެހޭ އިތުރު މައުލޫމާތު 6888808، 7718903 އަދި 7676442 އިން ލިބޭނެ އެވެ.