އައްޑޫ ސިޓީގެ މަރަދޫ އަވަށާއި ހަންކެޑެ ގުޅޭ ސަރަހައްދުގައި ހުރި ފެންސެއްގައި ކާރެއް ޖެހި އެކްސިޑެންޓް ވެއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ މަރަދޫން ހަންކެނޑެ އާއި ދިމާލަށް ދުއްވާފައި ދިޔަ ކާރު އެހިސާބުގައި އޮންނަ ބެންޑުން އަޅާލި ވަގުތު ކޮންޓްރޯލް ނުކުރުވިގެންނެވެ.
މަންޒަރު ދުށް ޓެކްސީ ޑްރައިވަރަކު ބުނި ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ މަގަށް ދޭންވާ ސަމާލުކަން ނުދީ ފޯނާއި ކުޅެން ހުރުމުން ކަމަށް ބެލެވޭ ކަމަށެވެ.
މިއަދު މެންދުރު ހިނގި މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ނަމަވެސް ކާރުގެ ކުރީކޮޅަށް ވަނީ އެކިވަރުގެ ގެއްލުންތަކެއް ލިބިފައެވެ.
މަރަދޫ އާއި ހަންކެނޑެ ގުޅޭ ހިސާބުގައި ކައުންސިލުން އަޅާފައިވާ ފަތާ ޓްރެކާއި ދިމާލުގައި ޖަހާފައިވާ ފެންސުގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ޖެހުނު އިރު، އެ ހިސާބުގައި ސްޕީޑު ބްރޭކަރެއް ވެސް އަޅާފައި އޮވެއެވެ.
މި އެކްސިޑެންޓް އައްޑޫ ސިޓީ ޕޮލިހުން މިހާރު ގެންދަނީ ތަހުގީގް ކުރަމުންނެވެ.