މީގެ ކުރިން އަކްޝޭ ކުމާރް އާއި ރާޖްނިކާންތްގެ ފިލްމް "2.0" ރިލީޒް ކުރުމަށް ހަމަޖައްސާފައި ވަނީ ޖެނުއަރީ، 26 2018 ގައެވެ. ނަމަވެސް މިހާރު އެ ފިލްމް ރިލީޒްކުރާ ތާރީޚް ވަނީ ފަސްކޮށްފަ އެވެ.
"2.0" ގެ ރިލީޒް ޑޭޓް ފަސްކޮށްފައި ވަނީ އަދިވެސް ފިލްމްގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތް ނުނިމޭތީ އެވެ. އެގޮތުން ފިލްމްގެ ވިޝުއަލް އިފެކްޓްސްގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެހެންކަމުން ފިލްމްގެ އާ ރިލީޒް ތާރީޚާއި އެކު ފިލްމްގެ ރަސްމީ ޕޯސްޓަރެއް ވަރަށް އަވަހަށް ލޯންޗް ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
#2point0 has created truly #hungama on our charts! Celebrating 2 million streams on Hungama Music … @superstarrajini + @arrahman magic works once again -> https://t.co/HJ0JbwHmtt @divomovies @2Point0movie @akshaykumar @ArmaanMalik22 @sashasublime @sidsriram pic.twitter.com/DrvGdPXfgQ
— Hungama.com (@Hungama_com) November 10, 2017
މީގެ ކުރިން ފިލްމްގެ ޓީޒާ ލޯންޗް ކުރުމަށް ހަމަޖެހިފައި އޮތީ 22 ނޮވެމްބަރުގައި ޝިލްޕާކަލާ ވޭދިކާ އޮޑިޓޯރިއަމްގަ އެވެ. އަދި ޓްރެއިލާ ލޯންޗް ކުރުމަށް ހަމަޖެހިފައި އޮތީ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް މިހާރު އެ ޙަރަކާތް ވެސް ލަސްކުރާ ގޮތަށް ފިލްމްގެ ޕްރޮޑިއުސަރުން ވަނީ ނިންމާފަ އެވެ.
ލައިކާ ޕްރޮޑަކްޝަންސް އިން 400 ކްރޯޑް ރުޕީސްގެ ބަޖެޓަކަށް އުފައްދާ މި ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ ޝަންކަރް އެވެ. މި ފިލްމްގެ ދިގުމިނަކީ ގާތްގަނޑަކަށް ދެ ގަޑިއިރާއި 20 މިނެޓެވެ.