ދުނިޔޭގެ އެންމެ މަޤްބޫލް ރެޕާގެ ގޮތުގައި ބެލެވޭ އެމިނެމް އޭނާގެ އާ ލަވައެއް ކަމުގައިވާ "ވޯކް އޮން ވޯޓަ" ރިލީޒްކޮށްފި އެވެ.
އެމިނެމް މި ލަވަ ކިޔާފައި ވަނީ ލަވަކިޔުންތެރިޔާ ބިޔޯންސޭއާ އެކު އެވެ. މި ލަވައަކީ އެމިނެމްގެ އެހެނިހެން ލަވަތަކާ މުޅިން ތަފާތު ލަވައެކެވެ. މީގެ އިތުރުން މި ލަވައަކީ ބިޔޯންސޭ އާއި ސްކައިލާ ގްރޭ އެކުގައި ލިޔެފައިވާ ލަވައެކެވެ. މީގެ ކުރިން ވެސް ބިޔޯންސޭ އާއި ސްކައިލާ ވަނީ އެމިނެމްގެ ހިޓް ލަވަ "ލަވް ދަ ވޭ ޔޫ ލައި" ގެ ލިރިކްސް ވެސް ލިޔެފަ އެވެ.
"ވޯކް އޮން ވޯޓަ" އަކީ އެމިނެމްގެ އެންމެ ފަހުގެ އަލްބަމް "ރިވައިވަލް" އިން ރިލީޒްކުރި ފުރަތަމަ ލަވައެވެ.
މި މަހުގެ 10 ގައި ރިލީޒް ކުރި މި ލަވަ އަށް މިހާތަނަށް ޔޫޓިއުބްގައި 11 މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ.