ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ މުބާރާތުގައި ނެރެގަޑަ އަދި އެމްއެންޑީއެފް ބައްދަލު ކުރި މެޗް ސީދާ ތިން ސެޓުން މޮޅުވެ ނެރެގަޑަ ޓީމް މުބާރާތުގެ ސެމީން ޖާގަ ހޯދައިފި އެވެ.
އިއްޔެ ހަވީރު ފުވައްމުލަކު ޔޫތު ސެންޓަރުގެ ވޮލީ ކޯޓުގައި ކުޅުނު މެޗްގެ ސެޓްތައް ނެރެގަނޑުން ގެންދިޔައީ 18،25، 14،25 އަދި 16،25 އިންނެވެ. ރާއްޖޭގެ ވޮލީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ގެ އިތުރުން މަޝްހޫރު ކުޅުންތެރިޔާ އަހުމަދު އަނިލް އަދި އާދަމް ނަސީރު ކުޅުނު އެމްއެންޑީއެފްއަކަށް މިފަހަރު މާ މޮޅު ކުޅުމެއް ދެއްކޭ ގޮތް ނުވިއެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކީ ނެރެގަޑަ ޓީމްގެ ޕްރަބާގަރަންއެވެ.
މުބާރާތުގައި ރޭ ކުޅުނު އަންހެން ޑިވިޝަން މެޗް ދަނޑިމަގު ރަނިން ޓީމް ވަނީ 3-1 ސެޓުން ފްރެންޑްސް ކްލަބް ފުނާޑުގެ މައްޗަށް ކުރި ހޯދާފައެވެ.
މުބާރާތުގައި މިއަދު ހަވީރު ބައްދަލު ކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުން އަދި ނަގަންނަމަގޮއެވެ.