ޕީޕީއެމްގެ ފަރާތުން މިއަދު ނިކުމެ ތިބީ ދީނީ ހަނގުރާމައަކަށް ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން މިއަދު ވިދާޅުވެއްޖެ އެވެ.
މުބީން މިހެން ވިދާޅުވެފައި ވަނީ، ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ "އުދުހޭ" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުބީން ވިދާޅުވި ގޮތުގައި މިހާތަނަށް އައި އިރު މި ސަރުކާރުން ކުރި މަސައްކަތަކީ އިސްލާމްދީން ކުރިއެރުވުމާއި އިސްލާމީ ވަހުދަތު ހިމާޔަތް ކުރުން ކަމަށެވެ.
"އަޅުގަނޑުމެން ނިކުމެ މިތިބީ ދީނީ ހަނގުރާމައަކަށް. ދީނީ ހަނގުރާމައަކަށް. އަޅުގަނޑު ވަރާށް ސާބިތުކަމާއި އެކު މިދަންނަވަނީ" މުބީން ވިދާޅުވިއެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ހުޅުވާލާނެ ކަމުގެ ތުހުމަތު ވެސް މުބީން ވަނީ ކުރައްވާފައެވެ.