Last Updated: July 1, 23:10
Wednesday, July 1, 2026
ކުޅިވަރު

ދެ މެޗުން މޮޅުވެ އެމްސީ ޔުނައިޓެޑް ތާވަލްގެ އެއްވަނާގައި!

ދި ފޭދޫ އަދި އެމްސީ ޔުނައިޓެޑްގެ ބައްދަލު ކުރި މެޗްގެ ހަމައެކަނި ގޯލް /

ކުޅުނު ދެމެޗުން ވެސް މޮޅުވެ ގްލޯބަލް ލިންކްސް ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ތާވަލްގެ އެއްވަނަ މަގާމު އެމްސީ ޔުނައިޓެޑުން ހޯދައިފިއެވެ.

އިއްޔެ ހަވީރު ދި ފޭދޫ އާއި ދެކޮޅަށް ކުޅެ އެމްސީ ޔުނައިޓެޑް މޮޅުވެފައިވަނީ 1-0 ލަނޑުންނެވެ. މެޗްގެ ހަމައެކަނި ލަނޑު 32 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބް ކޮށްދިނީ އެމްސީ ޔުނައިޓެޑް ޖޯޒީ ނަންބަރު 8 އިބްރާހިމް އިފާންއެވެ. އިފާން ވަނީ މޮޅަށް ކުޅެ މެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ހޯދާފައެވެ.

ރެފްރީ އާރިފް ރަޝީދު އިންސާފު ކުރި މެޗްގެ ފުރަތަމަ ހާފް އަދި ދެވަނަ ހާފްގައި ދެ ޓީމުގެ ކުޅުންތެރިން ހޫނުވެ، ކޮންމެވެސް ވަރަކަށް ދަނޑުމަތީގައި ބަހުގެ ހަމަލާ ދެމުން ދިޔަތަންވެސް ވަނީ ފެނިގެން ގޮސްފައެވެ. އަދި އިއްޔެ މެޗް ބެލުމަށް އެމްސީ ޔުނައިޓެޑްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެ އެ ޓީމަށް ވަރަށް ސަޕޯޓް ކުރިއެވެ.

އިއްޔެގެ މެޗްގައި ދިފޭދޫ ޓީމަކަށް އެކަށީގެންވާ ހަމަލާތަކެއް އެމްސީގެ ގޯލަށް އަމާޒު ކުރެވިފައި ނުވެއެވެ. ނަަމަވެސް ހުސް ދެ ފުރުސަތު ލިބި އެމްސީއަށް ވަނީ ނަތީޖާ އިތުރު ކުރެވޭ ގޮތް ނުވެފައެވެ. މެޗްގެ ދެވަނަ ހާފްގައި އެމްސީއަށް ލިބުނު ޕެނަލްޓީ ދި ފޭދޫގެ ކީޕަރު އަޝްފާޤުވަނީ ސަލާމަތްކޮށްފައެވެ.

ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގެ މިއަދުގެ މެޗްގައި ބައްދަލުކުރާނީ މަލްޓީ ޖީނިއަސް ސިޓީ އަދި ޔަޝީއެވެ. މެޗް ފަށާގަޑިއަކީ ހަވީރު 4:30 އެވެ.