Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އަންނަ އޮގަސްޓްގައި ކުޅުދުއްފުއްޓަށް ފްލައިޓް ޖައްސާނެ: ރައީސް

2018 ވަނަ އަހަރުގެ އޯގަސްޓު މަހު ކުޅުދުއްފުށީ އެއާޕޯޓުގައި ފްލައިޓް ޖައްސާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ "އުދުހޭ" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓާއި އެކު އެ ސަރަހައްދަށް ވަރަށް ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ވެސް އަންނާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ އެނދުތައް އިތުރުވާނެ ކަމަށާއި ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވެގެން ދާނެ ކަމަށެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމުން އެ އެއާޕޯޓް ވެގެންދާނީ ތިލަދުއްދަތީގެ މައި ގޭޓަށް ކަމަށާއި އެ ސަރަހައްދުގެ ނާރެސް އަކަށް ކުޅުދުއްފުށި ވެގެން ދާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.