އައްޑޫ ސިޓީ ފޭދޫ އަވަށުގައި 2 ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ، ފޭދޫ ސިއްހީ މަރުކަޒާއި ދިމާލުން ލިންކް ރޯޑްގައެވެ.
އެކްސިޑެންޓް ހިނގި އިރު 2 ސައިކަލްގައި ތިބި މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެމީހުންނަށް ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ އިރު އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެތަނުން މައުލޫމާތު ދެއްވައެވެ.
އެކްސިޑެންޓް ހިނގި މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓް ހިނގާފައި ވަނީ، ލިންކް ރޯޑުން ދުއްވާފައި ދިޔަ ސައިކަލެއް ފޭދޫ ސިއްހީ މަރުކަޒާއި ދިމާލަށް ގޯޅި އަޅަން އުޅެނިކޮށް މަގުން އައި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ.