Last Updated: May 17, 00:08
Thursday, May 16, 2024
ޚަބަރު

މެޑަމް ފާތުންގެ ކޭކު ކޯހެއް ހުޅުމީދޫގައި

ފަސްޓްލޭޑީ މެޑަމް ފާތުމަތު އިބްރާހީމްދީދީ އިންތިޒާމް ކުރައްވައިގެން ހުޅުދޫގައި ބާއްވާ ކޭކް ޑެކަރޭޝަން ބޭސިކް ކޯހަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

މި ކޯހަކީ އަންހެނުން ބާރުވެރި ކުރުވުމަށް މެޑަމް ފާތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ބާއްވާ ކޯހެކެވެ. ޖުމްލަ 30 އަންހެނަކަށް ފުރުސަތު ދޭން ނިންމާފައިވާ ކޭކް ޑެކަރޭޝަން ކޯހުގައި ބައިވެރިވާން ބޭނުންވާ އަންހެނުންނަށް މިއަދު ހަވީރު 6:00 އާ ހަމައަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ހިލޭ ކުރިއަށް ގެންދާ ކޯސް ހާއްސަކޮށްފައި ވަނީ އުމުރުން 16-35 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން މެދުމިންވަރަށް އާމްދަނީ ލިބޭ މީހުންނަށެވެ.

ކޯހާ ބެހޭ އިތުރު މައުލޫމާތު 7944448 ލިބޭނެ އެވެ.