Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ފަސާދަ ވިއްކަން ދީން ހަތިޔާރަކަށް ހަދައިފި: ނިޒާރު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ގޮތް ހުސްވެ ވައްކަމާއި ފަސާދަ ވިއްކަން ދީން ހަތިޔާރަކަށް ހަދައިފި ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ރާ ވިއްކަން މަސަައްކަތް ކުރެއްވި ކަމަށް ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

މެންބަރު ސަލީމުގެ ވާހަކަތަކަށް ރައްދު ދެއްވައި ނިޒާރު ވިދާޅުވީ، ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ރަލާއި މަސްތުވާތަކެތި ވިއްކާ ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި އެކަން އިތުރުވެފައިވާ ކަމަށެވެ.