ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް މައުމޫންގެ ޝަރިއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލް ކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދައުލަތުން އެދިގެންނެވެ. މިއަދު ބާއްވަން ތާވަލް ކުރީ ފާރިސްގެ ޝަރީއަތުގެ އަޑުއެހުންތައް ފަށައިގަތުމުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކަށް ތާވަލްކުރި އަޑުއެހުމެކެވެ.
ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އޭރުން ފާރިސްގެ ގޮޑި ގެއްލޭނެއެވެ.
ފާރިސް އާއި ދެކޮޅަށް "ގަންނަން" އުޅުނު ހެކި ނުލިބުނު ކަމަށް ބުނެ ތިމަރަފުށީ ދާއިރާގެ މެމްބަރ މުހައްމަދު މުސްޠާފާ ވަނީ ފާޑު ވިދާޅުވެފައެވެ.