Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ވާދޫގައި އޮތް ހާލުބޮޑު ބަލިމީހަކު އެމް.އެން.ޑީ.އެފް ސަދަން އޭރިއާއިން ތިނަދޫއަށް ގެންގޮސްފި

ގދ. ވާދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު އެމްއެންޑިއެފް ސަދަންއޭރިއާގެ ސިފައިންގެ އެހީގައި އެއަތޮޅު ތިނަދޫއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ ރޭ 03:35 ހާއިރު ތިނަދޫއަށް ގެންގޮސްފައިވަނީ ގދ ވާދޫ، އަނޯނާގެ މުހައްމަދު އަސްވަދު (30އ)އެވެ. އެމްއެންޑީއެފުން ބުނީ އަސްވަދުއަކީ އެރަށުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނީޔާ ލިބިގެން ވާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދިޔަ މީހެއްކަމަށެވެ.

އެމްއެންޑިއެފް އިން ބުނީ ވާދޫ ކައުންސިލް އިދާރާގެ އެދިލެއްވުމަކަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ހާބަރ ކްރާފްޓް ލޯންޗްގައި މިބަލިމީހާ ތިނަދޫއަށް ގެންގޮސް އަތޮޅު ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން ދާކަމަށެވެ.