ދެހާސް ތޭރަ ވަނަ އަހަރުގެ ހިޓް ފިލްމް "ފުކްރޭ" ގެ ދެވަނަ ބައި "ފުކްރޭ ރިޓާންސް"ގެ ޓްރެއިލާ ލޯންޗްކޮށްފި އެވެ.
މި ޓްރެއިލާ އިން ޕުލްކިތް ސަމްރާޓް އާއި ވަރުން ޝަރްމާ ފެނިގެންދަނީ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށްވާ ހަނީ އާއި ޗޫޗާގެ ރޯލުންނެވެ.
މީގެ އިތުރުން އަލީ ފަޒާލް ފެނިގެން ދަނީ މިއުޒީޝަން އެއް ކަމުގައިވާ ޒަފަރްގެ ރޯލުންނެވެ. "ފުކްރޭ ރިޓާންސް" އިން ފެނިގެންދާނެ އެހެނިހެން ތަރިންގެ ތެރޭގައި މަންޖޯތް ސިންގް އަދި ރިޗާ ޗައްޑާ ވެސް ހިމެނެ އެވެ.
ޓްރެއިލާ އިން ފެންނަ ގޮތުގައި މި ފިލްމްވެގެން ދާނީ ވަރަށް ހެއްވާ މަޖާ ފިލްމަކަށެވެ.
ރިތޭޝް ސިދްވާނީ އާއި ފަރްހާން އަޚްތަރް ކޯ-ޕްރޮޑިއުސް ކުރާ މި ފިލްމްގައި ޕްރިޔާ އާނަންދް އާއި ވިޝާކާ ސިންގްގެ އިތުރުން ޕަންކަޖް ތްރިޕާތީގެ އެކްޓިން ވެސް ފެނިގެން ދާނެ އެވެ.
މްރިގްދީޕް ސިންގް ލާމްބާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަންނަ މަހުގެ 15 ގައެވެ.