މިއަހަރުގެ އެމްޓީވީ ޔޫރޮޕް މިއުޒިކް އެވޯޑްސް ގައި 'ބެސްޓް އާޓިސްޓް' ގެ އެވޯޑް ލިބިފައި ވަނީ ޝޯން މެންޑެސް އަށެވެ.
ކެނެޑާއަށް އުފަން މި ލަވަކިޔުންތެރިޔާ އަށް ވަނީ 'ބެސްޓް ސޯންގް' އާއި 'ބިގެސްޓް ފޭންސް' އެވޯޑް ވެސް ލިބިފައެވެ.
ރޭ ލަންޑަންގެ ވެމްބްލީ އެރީނާގައި ބޭއްވި ރަސްމިއްޔާތުގައި އެކިއެކި ފަންނާނުންނަށް ވަނީ އެވޯޑްތައް ދީފައެވެ. އެގޮތުން 'ބެސްޓް ލައިވް އެކްޓް' ލިބުނީ އެޑް ޝީރަން އަށް ކަމުގައިވާއިރު، 'ބެސްޓް ނިއު އެކްޓް' ލިބިފައި ވަނީ ދުއާ ލިޕާ އަށެވެ. މީގެ އިތުރުން 'ބެސްޓް ހިޕް ހޮޕް' އެވޯޑް އެމިނެމް އަށް ލިބުނުއިރު، 'ބެސްޓް ޕޮޕް' އެވޯޑް ލިބިފައި ވަނީ ކަމީލާ ކަބޭޔޯ އަށެވެ.
މި އެވޯޑް ހަފްލާ ހޯސްޓް ކޮށްދިން ލަވަކިޔުންތެރިޔާ ރީޓާ އޯރާ އަށްވެސް ވަނީ އެވޯޑެއްލ ލިބިފައެވެ. އެގޮތުން އޭނާ އަށް ލިބިފައިވަނީ 'ޕަވަރ އޮފް މިއުޒިކް' އެވޯޑެވެ.
މި އަހަރުގެ އެމްޓީވީ އީއެމްއޭ އެވޯޑްސްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް ހަ ނޯމިނޭޝަން ލިބިފައިވާއިރު، ހަފްލާ ނިމިގެންދިޔައިރު ވެސް ޓޭލާ އަށް އެއްވެސް އެވޯޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ.
އެވޯޑް ލިބުނު ފަރާތްތައް:
ބެސްޓް ސޯންގް: ޝޯން މެންޑެސް (ދެއާޒް ނަތިން ހޯލްޑިން މީ ބެކް)
ބެސްޓް އާޓިސްޓް: ޝޯން މެންޑެސް
ބެސްޓް ލުކް: ޒޭން މަލިކް
ބެސްޓް ނިއު އެކްޓް: ދުއާ ލިޕާ
ބެސްޓް ޕޮޕް: ކަމީލާ ކަބޭޔޯ
ބެސްޓް ވީޑިއޯ: ކެންޑްރިކް ލާމާރް
ބެސްޓް ލައިވް: އެޑް ޝީރަން
ބެސްޓް އިލެކްޓްރޯނިކް: ޑޭވިޑް ގެޓާ
ބެސްޓް ރޮކް: ކޯލްޑްޕްލޭ
ބެސްޓް ހިޕް ހޮޕް: އެމިނެމް
ބެސް އޯލްޓަނޭޓިވް: ތާޓީ ސެކަންޑްސް ޓު މާސް
ބިގެސްޓް ފޭންސް: ޝޯން މެންޑެސް
ބެސްޓް ޕުޝް: ހެއިލީ ސްޓައިންފީލްޑް
ބެސްޓް ވޯލްޑް ސްޓޭޖް: ދަ ޗެއިންސްމޯކާސް (އައިލް އޮފް އެމްޓީވީ މަލްޓާ 2017 – ލައިވް)
ވޯލްޑްވައިޓް އެކްޓް ލިބުނު ފަރާތްތައް:
ލިލް ކްލެއިން: ދަ ނެދަލޭންޑްސް
ސީ. ޓެންގާނާ – ސްޕެއިން
ބޭބީމެޓަލް – ޖަޕާން
އަލްމާ – ފިންލޭންޑް
ޑަވީޑޯ – ނައިޖީރިއާ
ސްޓޯމްޒީ – ޔޫކޭ އާއި އަޔަލޭންޑް
ލާލީ: އާޖެންޓީނާ