ކާމިޔާބު ފުރަތަމަ ދެ ފިލްމަށްފަހު "ރޭސް 3" ގެ ޝޫޓިން ފަށައިފި އެވެ.
ސަލްމާން ޚާން އާއި ޖެކޮލިން ފާނެންޑެޒް ލީޑް ރޯލުން ފެނިގެންދާ މި ފިލްމްގައި ބޮބީ ޑިއޯލް އާއި ޑެއިޒީ ޝާހްގެ ކުޅަދާނަ އެކްޓިން ވެސް ފެނިގެންދާނެ އެވެ.
ރޭމީ ޑި'ސޫޒާ ޑައިރެކްޓް ކުރާ "ރޭސް 3" ގައި ސަލްމާން ޚާން ހުންނާނެ ގޮތް ދައްކުވައިދޭ ޕޯސްޓަރެއް ދާދިފަހުން ވަނީ ނެރެފައެވެ.
އެގޮތުން ސަލްމާން ޚާން ވަނީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އެ ޕޯސްޓަރު އާންމުންނާއި ހިއްސާކޮށްފަ އެވެ.
…. and Race3 begins pic.twitter.com/2TqNDGjLhD
— Salman Khan (@BeingSalmanKhan) November 13, 2017
"ރޭސް 3" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2018 ވަނަ އަހަރުގެ އީދުގައެވެ.