މުނިފޫހިފިލުވުން

ޓޭލާގެ "ރެޕިއުޓޭޝަން" ޓުއާ އިއުލާން ކުރަނީ

ޓޭލާ ސްވިފްޓްގެ އެންމެ ފަހުގެ އަލްބަމް "ރެޕިއުޓޭޝަން"ގެ ޓުއާގެ ޑޭޓްތައް ވަރަށް އަވަހަށް އިއުލާން ކުރަން އުޅޭކަމުގެ ޚަބަރުތައް މީޑިއާގައި ފެތުރެން ފަށައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ޓޭލާ "ރެޕިއުޓޭޝަން"ގެ ޓުއާ އިއުލާން ކުރާނީ އޭނާގެ އުފަންދުވަހުގަ އެވެ. ޓޭލާ ސްވިފްޓްގެ އުފަންދުވަހަކީ 13 ޑިސެމްބަރެވެ.

ލަފާކުރެވޭ ގޮތުގައި 'ރެޕިއުޓޭޝަން' ގެ ޓުއާ ފެށޭނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މީގެ ކުރިން ނެރުނު ޓޭލާގެ އަލްބަމް ކަމުގައިވާ "1989" ގެ ޓުއާ ވެސް ވެގެންދިޔައީ ވަރަށް ބޮޑު ކާމިޔާބަކަށެވެ. އެގޮތުން "1989" ގެ ވޯލްޑް ޓުއާ އިން ވަނީ ޖުމްލަ 250 މިލިއަން ޑޮލަރުގެ ބޮޑު ފައިދާއެއް ލިބިފައެވެ.

އެހެންކަމުން ބެލެވޭ ގޮތުގައި "ރެޕިއުޓޭޝަން" ޓުއާ ވެސް ވެގެންދާނީ ހަމަ އެހާމެ ކާމިޔާބު ހަރަކާތަކަށެވެ.