Last Updated: May 16, 17:26
Thursday, May 16, 2024
ޚަބަރު

އައްޑޫ ޕީޕަލް ކޯޕަރޭޓިވް އަށް މެނޭޖަރަކު ހޯދަނީ

އައްޑޫ ޕީޕަލް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ) އަށް މެނޭޖަރަކު ހޯދަން އިއުލާންކޮށްފި އެވެ.

އޭޕީސީން ބުނީ މެނޭޖަރުގެ މަގާމަށް ބޭނުން ވަނީ އެކަކު ކަމަށާއި މަގާމަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އައްޑޫ ޕީޕަލް ކޯޕަރޭޓިވްގެ މެނޭޖަރުގެ އަސާސީ މުސާރައަކީ 10،000ރ. އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 2،000ރ. ލިބޭ އިރު، ނޮން ޕްރެކްޓިސް އެލަވެންސް މުސާރައިގެ 1/3، ފޯން އެލަވެންސަށް މަހަކު 550ރ. އާއި ހާޒިރީ އެލަވެންސް ހާޒިރުވާ ރަސްމީ ދުވަހަކަށް 100ރ. އަދި ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން ހިމެނެ އެވެ.

މެނޭޖަރުގެ މައިގަނޑު ޒިންމާއަކީ ކޯޕަރޭޓިވްގެ ހިންގާ ކޮމިޓީގެ ލަފާ ގެމަތިން ކޯޕަރޭޓިވްގެ އެންމެހާ ވިޔަފާރިތަކާއި މުވައްޒަފުންގެ އެންމެހާ ކަންކަން ބެލެހެއްޓުމެވެ.