ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ މުބާރާތުގެ ސެމީގެ ޖާގައެއް މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފިއެވެ.
މިސްކިތްމަގު ޓީމު ސެމީން ޖާގަ ހޯދީ ނަގޮންނަމަގު ޓީމް 3-1 ސެޓުން ބަލިކޮށްގެންނެވެ. މިއަދު ހަވީރު ކުޅުނު މި މެޗްގެ ސެޓްތައް މިސްކިތް މަގު ޓީމް ގެންދިޔައީ 20،25، 18،25، އަދި 18،25 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިސްކިތް މަގު ޓީމްގެ އަލީ ހުޒާމްއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗް މާދަމާ ހަވީރު ކުޅޭނެއެވެ. މި މެޗްގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ އެއްވަނަ އަފުން ޓީމާއި ގްރޫޕް ބީގެ އެއްވަނަ މީދޫ ޓީމެވެ. މި ދެޓީމަކީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލް އަދި ސެމީގައިވެސް ބައްދަލު ކުރި ދެ ޓީމެވެ.
މާދަމާގެ ފުރަތަމަ ސެމީން ބަލިވާ ޓީމަށްވެސް ފައިނަލަށް ދިއުމުގެ ފުރުސަތު ހުޅުވިފައިވެއެވެ. ސެމީގެ ދެވަނަ މެޗް މާދަމާ ރޭ ކުޅޭއިރު ބައްދަލު ކުރާނީ މިސްކިތް މަގު އެންމެންގެ ގުޅުމާއި ނެރެގަޑަ ޓީމެވެ.