މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބް ޝަހީމްއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ޖެހިދާނެކަމަށް ބުނެ ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް ޑރ.އަބްދުﷲ ހަލީލު އިންޒާރި ދެއްވައިފިއެވެ.
ހަލީލު މިފަދައިން އިންޒާރު ދީފައި މިވަނީ ކޮން ސަބަބާއި ގުޅިގެންކަން ސާފެއް ނުވެއެވެ. ނަމަވެސް ހަލީލި ވިދާޅުވީ އޭނާ އާއި މެދު އަސްލެއް ނެތް ތުހުމަތު ކުރުން ހުއްޓާލުމަށާއި ނޫންނަމަ އަބުރުގެ ދައުވާ ކުރަން ޖެހިދާނެކަމަށެވެ.
@thayyib, please stop baseless accusations against me! Or else I may have to file case against you for defamation!
— Dr Abdullah Khaleel (@abkhaleel) November 13, 2017
ތޮއްޔިބުވަނީ ހެލްތު ސެންޓަރުތަކަށް ބޭނުންވާ މެޝިންތަކަކާ ކެމިކަލްތަކެއް ހޯދުމުގެ ނަމުގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ދެ މެންބަރަކު ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެފައެވެ. ތޮއްޔިބު އެ ތުހުމަތުކޮށްފައިވަނީ އިނގުރައިދޫ މެންބަރު އިބްރާހީމް ފަލާހާއި ނިލަންދޫ މެންބަރު ޑރ.އިބްރާހީމް ހަލީލުގެ މައްޗަށެވެ.
ތޮއްޔިބު އެގޮތަށް ޓްވީޓު ކުރުމުން ހަލީލާއި ފަލާހުވަނީ ޕީޕީއެމް ވައިބަ ގުރޫޕު ތެރޭގައި ތޮއްޔިބު އެހެން ޓްވީޓު ކުރުމުގެ ކުރިން ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުން އެވާހަކަ ދެއްކެވި ކަމަށް ވިދާޅުވެ ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފައެވެ.
ލީކްވެފައިވާ ޗެޓް ލޮގުތަކަކީ އަސްލެއް ނޫންކަމަށް ފަލާހު ވިދާޅުވި ނަމަވެސް މިމައްސަލާއި ގުޅިގެން އަދިވެސް ބަހުގެ ހަމަލާތައް ބަދަލު ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
ޠޮއްޔިބްގެ މައްޗަށް އަބުރުގެ ދައުވާ ކުރާނެކަމުގެ އިންޒާރު ހަލީލި ދެއްވި އިރު ޠޮއްޔިބް ގެންދަވަނީ ސަރުކާރުގެ އެތެރޭގެ މައްސަލަތައް ސޯޝަލް މީޑިއާގައި ހާމަ ކުރައްވަމުންނެވެ. އޭގެ ތެރެއިން ގިނަ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތު ކަން ފާހަގަކޮށްލަން ޖެހެއެވެ.