Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ސެމްސަންގް ފޯނަށް އެރި ރޮނގު އައިފޯން 10 އަށް ވެސް އަރައިފި

އެޕަލްއިން އެންމެ ފަހަކަށް ނެރުނު އައިފޯން 10ގެ ސްކްރީނަށް ފެހި ކުލައިގެ ރޮނގެއް އަރަމުންދާ ކަމަށްބުނެ މައްސަލަ ހުށައަޅަން ފަށައިފި އެވެ.

ފޯނުގެ އެއްކައިރިއަށް އަރާ މި ރޮނގަކީ "ލައިން އޮފް ޑެތް" ނުވަތަ މަރުގެ ރޮނގެއް ކަމަށް ބުނެ ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފަދަ ފިޔާތޮށި ކުލައިގެ ރޮނގެއް ސެމްސަންގުގެ ބައެއް ފޯނުތަކަށްވެސް އަރާފައިވާއިރު ބައެއް މީހުން ވަނީ މިއީ ދާއިމީ މައްސަލައަކަށް ވެދާނެ ކަމެއް ކަމަށް ބުނަމުންނެވެ.

ސޯޝަލް މީޑިޔާގައި މިކަން ފާހަގަކުރި ކަސްޓަމަރަކަށް އެޕަލްއިން ވަގުތުން އަގަކާ ނުލާ ބަދަލު ދީފައިވާއިރު މިމައްސަލަ އެޕަލްއިން ވަނީ މިހާރު ތަހުގީގު ކުރަން ފަށާފައެވެ.

މިހާތަނަށް 25 ކަސްޓަމަރަކު މިމައްސަލަ ހުށައަޅާފައިވެއެވެ. މިމަހުގެ 3 ވަނަ ދުވަހު ބާޒާރަށް ނެރުނު އައިފޯން 10 ނެރުނު ދުވަހުވެސް އެތައް ބަޔަކު ވަނީ ގަނެފައެވެ. އައިފޯން 10 ގެ ވިޔަފާރިން ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް އެޕަލް ވާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.