ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސްގައި ހާލަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި 12 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ޕާކިސްތާނުގެ ވެރިރަށް ލާހޯރާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ހަފީޒާބާދްގެ ރައްޔިތެއް ކަމަށްވާ މަންސަބް އަލީ ބުނެފައިވާ ގޮތުގައި އަންސަރް ހުސެއިން ވަނީ މި މަހުގެ 11 ވަނަ ދުވަހު އޭނާގެ ހާލު ވަގަށް ނަގައިގެން ގެންދިއުމަށް ފަހު އެ ހާލު ރޭޕްކޮށްފައި ކަމަށެވެ.
"ހުސެއިން ހާލަށް ޖިންސީ ގޯނާ ކުރުމުގެ ތެރޭގައި ހާލު ވަނީ މަރުވެފައި. ދެ މީހުން [ނަސްރުﷲ އާއި ތުފެއިލް] އަށް ވަނީ އެ މަންޒަރު ފެނިފައި،" މަންސަބް ޕޮލިހަށް ދިން ބަޔާނުގައި ވެއެވެ.
ސްޓޭޝަން ހައުސް އޮފިސަރު ސަރްފްރާޒް އަންޖުމް ދި އެކްސްޕްރެސް ޓްރިބިއުން އަށް ދިން އިންޓަވިއުއެއްގައި ބުނީ ސިއްޙީ ތަހުލީލްތަކުން ހާލަށް ޖިންސީ ގޯނާކޮށްފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި މި މައްސަލައާއި ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ހުސެއިން ވަނީ މި ކުށަށް އިއުތިރާފުވެފައި. އޭނާ ބުނީ މިކަން ކުރީ ޖިންސީ އެދުން ފުއްދުމަށްޓަކައި ކަމަށް،" ސަރްފްރާޒް އަންޖުމް ބުންޏެވެ.