ކުނާލް ކޭމޫ އާއި ސޯހާ އަލީ ޚާން އަށް ވަނީ ދާދިފަހުން އަންހެން ކުއްޖަކު ލިބިފައެވެ.
އާންމުކޮށް މަޝްހޫރު ތަރިން އެމީހުންގެ ކުދިން މީޑިއާއާއި ދުރުގައި ގެންގުޅުނު ނަމަވެސް، ސޯހާ އާއި ކުނާލް ވަނީ ޖެހިލުމެއް ނެތި ހޮސްޕިޓަލުން ދޫކޮށްލި ދުވަހު ވެސް މީޑިއާތަކަށް ފެނިފައެވެ.
އެގޮތުން އިންޑިއާގެ ކުޑަކުދިންގެ ދުވަހު މުނާސަބަތާއި ގުޅިގެން ކުނާލް ވަނީ އޭނާގެ ލޯބިވާ ދަރިފުޅު އިނާޔާގެ ފޮޓޯއެއް އާންމުންނާއި ހިއްސާކޮށްފަ އެވެ.
އިނާޔާ އަށާއި ހުރިހާ ކުޑަކުދިންނަށް ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ކިޔަމުން ކުނާލް ވަނީ އިނާޔާގެ ފޮޓޯއެއް އިންސްޓަގްރާމަށް ޕޯސްޓް ކޮށްފައެވެ.