މާލޭގައި މިއަދު އިރުއޮއްސުނު ގަޑީގައި ހިނގި މާރާމާރީއެެއްގައި ދެމީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރީދީމަގުގައި ހުންނަ އެމްއެޗްއޭ ކައިރީގައި ހިންގި މާރާމާރީގައި ޒަހަމްވި ދެމީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އިރު އެމީހުންނަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނުލިބެއެވެ.
ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އިރު މި މާރާމާރީ އާއި ގުޅިގެން މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ.
ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ވަނީ ތަފާތު މާރާމާރީ ހިންގައި ޒުވާނުންތަކެއް މަރާލާފައެވެ.