ޚަބަރު

އަފުން ބަލިކޮށް މީދޫ ޓީމް ފައިނަލަށް

ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ މުބާރާތުގެ ފައިނަލަށް މީދޫ ވޮލީ ޓީމް ގޮސްފިއެވެ.

މީދޫ ވޮލީ ޓީމް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން އަފުން ޓީމް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

މުބާރާތުގައި މީދޫ ޓީމުން ވަނީ ކުޅުނު ތިން މެޗުވެސް ފަސޭހަކަމާއި އެކު ކާމިޔާބްކޮށްފައެވެ. މިއަދުގެ މެޗްގައި މީދޫ ޓީމް ސެޓްތައް ގެންދިޔައީ ފުރަތަމަ ސެޓު 25،17 އަދި ދެވަނަ ސެޓް 15،25 އަދި ފަހު ސެޓް 21،25 އިންނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕާކިސްތާނުގެ މޮޅު ކުޅުންތެރިޔާ މުރާދު ޖީހާންއެވެ.

މުބާރާތުގެ ސެމީ ދެވަނަ މެޗް މިރޭ ކުޅޭނެއެވެ. ބައްދަލު ކުރާނީ މިސްކިތް މަގު އެންމެންގެ ގުޅުމާއި ނެރެގަޑަ ޓީމެވެ.