Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ހުޅުމީދޫ ފަތާ ސަރަހައްދު ސާފުކޮށްފި

ހުޅުމީދޫ ފަތާ ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް އެރަށުގައި ހަރަކާތްތެރިވާ ދިވެހި ރެޑްކްރެސެންޓުގެ ހުޅުމީދޫ ޔުނިޓުން ބާއްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު ބޭއްވި މިހަރަކާތާއި ގުޅޭގޮތުން ހުޅުމީދޫ ރެކްކްރެސެންޓުގެ އޮފިޝަލަކު ބުނީ ސާފުކުރުމުގެ ހަރަކާތުގައި އެ ޔުނިޓްގެ މެމްބަރުންނާއި އެކު މޯލްޑިވިސް ޕޮލިސް ސާވިސް ހުޅުމީދޫގެ ސްޓޭޝަނުގެ ސްޓާފުން ބައިވެރިވި ކަމަށެވެ.

އެދުވަހުގެ ހަރަކާތުގައި ހުޅުމީދޫ “އިސްމެހެލާ ހެރަ” ކައިރީގައި އޮންނަ ފަތާ ސަރަހައްދުގެ ގޮޑުދޮށާއި ހޭޅިފަށް ސަރަހައްދުގެ އިތުރުން އެސަރަހައްދުގައި މީހުން ދަތުރު ދާ ތަން ވަނީ ސާފްކޮށްފައެވެ.

މީގެއިތުރުން އެސަރަހައްދުން ނަގާފައިވާ ކުނި ވަނީ ހުޅުމީދޫ ކުނިގޮނޑަށް ގެންގޮސްފައެވެ