Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

މުގާބޭ ހުރީ ސަލާމަތުން، މިއީ ބަޢާވާތެއް ނޫން: އަސްކަރިއްޔާ

ޒިމްބާބްވޭގެ ވެރިރަށް ހަރާރޭގެ މަގުތަކުގައި ބަރު ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރިވަމުން އަންނައިރު އެގައުމުގެ ސަރުކާރުގެ ބަޢާވާތަކުން ވައްޓާނުލާކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އަސްކަރިއްޔާ އާއި ހަވާލާދީ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރައީސް ރޮބަޓް މުގާބޭ ހުންނެވީ ސަލާމަތުން ކަަމަށާއި ސިފައިން ހިންގާ ހަރަކާތަކީ ވަކިވަކި ނުރައްކާތެރި ކުށްވެރިން އަތުލައި ގަތުމަށް ހިންގަމުންދާ އޮޕަރޭޝަނެއް ކަމަށެވެ.

ޒިމްބާބުވޭގެ ވެރިރަށް ހަރާރޭގެ އުތުރު ސަރަހައްދުގައި ބަރު ހަތިޔާރާއި އެކު ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ބައެއް މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުގައި މުގާބޭގެ ދިގު ވެރިކަން އަސްކަރިއްޔާއިން ވަނީ ވައްޓާލާފައެވެ. މުގާބޭ ދިރިއުޅުއްވާ ގެ ވަށާލައިގެން އަސްކަރިއްޔާ އޮތް ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އަސްކަރިއްޔާއިން އެކަން ދޮގު ކުރެއެވެ.

ކުއްލި ގޮތަކަށް އަސްކަރިއްޔާއިން ޒިމްބާބުވޭގެ ވެރިރަށައް ވަދެގަތުމާއި ގުޅިގެން އެގައުމުގައި ތިބި އިނގިރޭސި އަދި އެމެރިކާ ރައްޔިތުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.

ޒިމްބާބްވޭގެ ނައިބް ރައިސް އެމަސަން މަނަންގާގުވާ ވަނީ ބަޢާވާތްކޮށްފާނެތީ މިދިޔަ ހަފްތާގައި މަގާމުން ވަކިކޮށްފައެވެ.