Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ހަންކެޑެ މަސައްކަތް ފެށޭނީ މަގުހެދިގެން

ހަންކެޑެ ފޮޓޯ/ އައްޑޫ ލައިވް

ސިންގަޕޫރުގެ ކްރެސެންޑާސް އިން ހަދާ ހަންކެޑެ ހޮޓެލްގެ މަސައްކަތް ފެށޭނީ ހަންކެޑެ އެތެރެއިން އޮތް ލިންކު ރޯޑު ބަދަލުކޮށްގެން ކަމަށް ކްރެސެންޑާސް އިން ބުނެފިއެވެ.

ހޮޓެލުގެ މަސައްކަތް ފެށުމާއި ގުޅޭގޮތުން ކްރެސެންޑާސްގެ ޓީމެއް އައްޑޫއަށް ޒިޔާރަތް ކޮށް އެމަގު ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ވަމުންދާ ތައްޔާރީ ތަކާއި ގުޅޭ ގޮތުން ވަނީ ކައުންސިލާއި އެކު މަޝްވަރާކޮށްފައެވެ.

އައްޑޫ ސިޓީގެ އެންވައިރަމަންޓް ސެކްޝަން ހިންގުމާއި ހަވާލުވެ ހުންނެވި ހުސެއިން ފަހުމީ މިއަދު ވިދާޅުވީ މިދިޔަ ހަފްތާގައި ކްރެސެންޑާސްގެ ޓީމެއް ކައުންސިލާއި ބައްދަލުކޮށް މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ މަސައްކަތަކަށް އޮތީ މަގު މީހާރު އޮތް ތަނުން އެހެންތަނަކަށް ރީލޮކޭޓް ކުރުން ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ކްރެސެންޑާސްގެ އަމަލީ މަސައްކަތް އަންނަ މެއި މަހު ފެށުމަށް ހަމަޖެހިފައިވާ އިރު ރަށުތެރެއިން މިހާރު އެއްޗެހި ދުއްވާ ގޮތަށް އޮވެ މަަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އެފަރާތުން ފާހަގަ ކޮށްފައިވަކަމަށެވެ.

"މަގު އެގޮތަށް އޮވެ މަސައްކަތް ނުފެށޭނެކަމަށް އެމީހުން ބުނަނީ، އެހެންވެ ވިއެންމެ އަވަހަކަށް މަގު ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ މަގުހެދުމާއި ގުޅޭގޮތުން ހަދަން ޖެހޭ ދިރާސާ ރިޕޯޓްތައް ހަދައި ނިމި މިހާރު އަންނަނީ މަސައްކަތް ކުރަނެ ކޮންޓްރެކްޓަރ އެއް ހޯދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އައްޑުގެ ތިން ރަށޭއްގެ މަގު ހަދަމުން އަންނަ ލަންކާގެ އައިސީސީ ކުންފުންޏާއި އެކު މަޝްވަރާ ކޮށްފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އެގޮތުން މަގު ބަދަލުކުރުމުގެ ހުރިހާ ހަރަދެއްކުރަނީ ކްރެސެންޑާސް އިންނެވެ. ނަަމަވެސް މަގު ބަދަލުކުރުމަށް ހިގާ ހަރަދެއްގެ ތަފްސީލް އަދި ކައުންސިލާއި ހިއްސާކޮށްފައި ނުވާކަމަށް ފަހުމީ ވިދާޅުވިއެވެ.