Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

2018 ގެ ބަޖެޓް މަޖިލީހަށް ހުށައަޅައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިފަހަރު މަޖިލީހަށް ހުށައަޅާފައިވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ހުށައަޅުއްވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ މިބަޖެޓަކީ ރައްޔިތުންނާއި ގުޅިފައިވާ ބަޖެޓެއް ކަމަށެވެ.

ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަންނަ އަހަރު ނިންމާލެވޭނެ ކަމަށާއި މި ބަޖެޓަކީ ނަތީޖާ ހާސިލުކުރުމަށް ކަނޑައަޅާފައިވާ ބަޖެޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލިސް ތެރޭގައި އިދިކޮޅު މެމްބަރުންގެ އިހުތިޖާޖުތައް މިއަދުގެ ޖަލްސާގައިވެސް ކުރިއަށް ގެންގޮސްފައިވާއިރު އިދިކޮޅު ބައެއް މެމްބަރުން ވަނީ މިނިސްޓަރުގެ މޭޒުކޮޅުގައި "ވަގެއް" ޖަހާފައިވާ ޕޯސްޓަރެއް ހަރުކޮށްފައެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ މިއަހަރު ނިމޭއިރު ގައުމުގެ އިގްތިސޯދު %6.9 ކުރިއަރައިގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމޭއިރު ބޮލަކަށް ޖެހޭ ނިސްބަތް 10،300 ޑޮލަރަށް އަރާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.