Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

މުގާބޭ ހައްޔަރުކޮށްފި، ރައްޔިތުން އިހުތިޖާޖުގައި

ޒިމްބާބްވޭގެ އަސްކަރިއްޔާއިން ވެރިރަށް ހަރާރޭ ހިފުމަށްފަހު ރައީސް ރޮބާޓް މުގާބޭ ހައްޔަރުކޮށްފިއެވެ.

އެންމެ ފުރަތަމަ އަސްކަރިއްޔާއިން އަމާޒުކުރީ މުގާބޭގެ އަރިސް ސަރުކާރުގެ އިސް އޮފިޝަލުންނަށެވެ. އަދި މިއަދު ހެނދުނު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުގާބޭއާއި އޭނާގެ އާއިލާއަށް ފުރިހަމަ ހިމާޔަތް ދީފައިވާނެ ކަމަށާއި އެމީހުންގެ "މިޝަން" ނިމުމުން ހުރިހާ ކަމެއް އެނބުރި ހަމައަކަށް އެޅިގެންދާނެ ކަމަށެވެ.

ނަމަވެސް މިހާރު ރިޕޯޓުތައް ބުނާ ގޮތުގައި އަސްކަރިއްޔާއިން ވަނީ މުގާބޭއާއި އޭނާގެ އާއިލާ ހައްޔަރުކޮށް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދިވެސް އަސްކަރިއްޔާއިން ބުނަނީ މުގާބޭއާއި އޭނާގެ އާއިލާއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.


މުގާބޭގެ ޕާޓީ އަދި ޒިމްބާބްވޭގެ ވެރިކަން ކުރާ ޕާޓީން ވަނީ މުގާބޭ ހައްޔަރުކުރުމާއެކު އޭނާގެ ވެރިކަން ނިމި، ދާދި ފަހުން ވަކިކުރި ނައިބު ރައީސް އެމާސަންއާއި ވެރިކަން ހަވާލުކޮށްފައިވާ ކަމަށް ޓުވީޓުކޮށްފައެވެ.

އަސްކަރިއްޔާއިން ހަރާރޭ ހިފައި މަގުތައް ޕެޓްރޯލް ކުރަމުންދާއިރު އާންމު ރައްޔިތުންގެ ގިނަ ބަޔަކު އަންނަނީ މުގާބޭ ހައްޔަރުކުރުމުން އިހުތިޖާޖު ކުރަން ފަށާފައެވެ.