Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ފަނަރަ އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ!

15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ފުލުހުން ހަމަކޮށްފިއެވެ.

ފޮޓޯ އާއި އެކު ފުލުހުން ހޯދުމަށް އިއްލާންކޮށްފައިވަނީ ގދ.ތިނަދޫ ސަކީނާމަންޒިލް، ފާތިމަތު ނުހާ (15އ) އެވެ.

ފުލުހުން ބުނީ އެކުއްޖާ ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައިވަނީ ރޭ 7 ޖަހާކަށް ހާއިރުކަމަށެވެ.

ފާތިމަތު ނުހާ އެންމެ ފަހުން ފެނިފައިވަނީ ރޭ 19:00 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިންކަމަށާއި ނުހާ އެންމެ ފަހުން ފެނުނު އިރު ލައިގެންހުރީ އަޅިކުލައިގެ ހެދުމެއްކަމަށް ނުހާގެ އާއިލާއިން ފުލުހުންނަށް ވަނީ މައުލޫމަތު ދީފައެވެ.
.
ފާތިމަތު ނުހާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެކަން މާލޭގައި ނަމަ މޯލްޑިވްސް ޕޮލިސް ސާރވިސްއަށް، ރާއްޖޭގެ ރަށަކުންނަމަ އެރަށެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް އަންގަވައި ދެއްވުމަށް ފުލުހުން އެދެއެވެ.