ވޯނާ ބްރޯސް އާއި ޑީސީގެ "ވޮންޑާ ވުމަން 2" ރިލީޒް ކުރާ ތާރީޚް އަވަސްކޮށްފި އެވެ.
ލީޑް ރޯލުން ގާލް ގަޑޯޓް ފެނިގެންދާ މި ފިލްމް ކުރިން ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ ޑިސެމްބަރު 13، 2019 ގަ އެވެ. އެހެންނަމަވެސް މިހާރު އެ ތާރީޚް ވަނީ ނޮވެމްބަރު 1، 2019 އަށް ބަދަލުކޮށްފަ އެވެ.
"ވޮންޑާ ވުމަން 2" ވެސް ޑައިރެކްޓް ކުރާނީ ޕެޓީ ޖެންކިންސް އެވެ.
މި އަހަރުގެ ޖޫންގައި ރިލީޒް ކުރި "ވޮންޑަ ވުމަން" އަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.