"ފުކްރޭ ރިޓާންސް" ގެ ޓްރެއިލާ ރިލީޒް ކުރުމަށް ފަހު މިހާރު އެ ފިލްމްގެ ފުރަތަމަ ލަވަ ވެސް ރިލީޒްކޮށްފި އެވެ.
"މެހެބޫބާ" ކިޔާ މި ލަވައިން ޕުލްކިތް ސަމްރާޓް އާއި ވަރުމް ޝަރްމާ އަދި އަލީ ފަޒާލްގެ އިތުރުން މަންޖޯތް ސިންގް ވެސް ފެނިގެންދާނެ އެވެ.
މި ލަވަ ކޮމްޕޯޒްކޮށް ރިކްރިއޭޓް ކޮށްފައި ވަނީ ޕްރޭމް އާއި ހަރްދީޕް އެވެ. އަދި މި ލަވަ ކިޔާފައި ވަނީ ނޭހާ ކައްކަރް އާއި ޔަސޭރް ދޭސާއި އާއި ރަފްތާރް އެވެ.
މި ލަވައަކީ 1977 ވަނަ އަހަރު ދަރްމޭންދްރަ އާއި ޒީނަތް އަމާންގެ "މެހެބޫބާ" ލަވައިގެ ރީމޭކް އެކެވެ. އެހެންކަމުން ލަވައިގެ އޮރިޖިނަލްކަން ދެމެހެއްޓުމަށްޓަކައި އާ ލަވައިގައި ވެސް އޮރިޖިނަލް ލަވަ ކިޔާފައިވާ މުހައްމަދު ރަފީގެ އަޑުވެސް އިވިގެންދާނެ އެވެ.
ރިޗާ ޗައްޑާ އާއި ޕްރިޔާ އާނަންދް އަދި ވިޝާކާ ސިންގްގެ އިތުރުން ޕަންކަޖް ތްރިޕާތީ ފެނިގެންދާނެ މި ފިލްމް ރިލީޒް ކުރާނީ ޑިސެމްބަރު 15 ގައެވެ.