އަންނަ އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 49.1 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިއަދު މަޖްލިސްއަށް ހުށަހަޅާފައިވާ އިރު ފިނޭންސް މިނިސްޓްރީން ބުނީ މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 43 ބިލިއަންއަށް އަރާނެކަމަށެވެ. އެއީ އެތެރޭގެ 26 ބިލިއަން އާއި ބޭރުގެ 17 ބިލިއަން ކަމަށް ފިނޭންސުން ބުންޏެވެ.
މީގެ އިތުރުން އަންނަ އަހަރު ނިމޭއިރު ބޭރުގެ ދަރަނި 27 ބިލިއަނަށް އަދި އެތެރޭގެ ދަރަނި 21 ބިލިއަނަށް އަރާނެކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.
ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް ކުޑަކުރުމަށް އަންނަ އަަހަރު ޓެކްސް ގާނޫނު ހަރުދަނާކޮށް ރާއްޖެ އާއި ރާއްޖޭން ބޭރަށް ސުކޫކު ވިއްކުމުގެ އިތުރުން ޓްރެޜަރީ ބޮންޑު ވިއްކުމަށް ވަނީ ނިންމައިފައެވެ.