މިހާރު ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ ގްލޯބްލް ލިންކްސް ޗެލެންޖް ކަޕްގައި ރިވަރިން ސްޕޯޓްސް އާއި މަލްޓީ ޖީނިއަސް ބައްދަލު ކުރި މެޗް 4-0 ލަނޑުން ކާމިޔާބު ކޮށްފި އެވެ.
ވަރަށް މަދު ސަޕޯޓަރުން ކުޅިބަލަން ވަން މި މެޗްގައި އެދެވޭ މޮޅު ކުޅުމެއް މަލްޓީ ޖީނިއަސްޓީމަކަށް ދެއްކޭ ގޮތެއް ނުވެއެވެ. މުބާރާތުގައި މިހާތަނަށް އެންމެ ޕޮއިންޓެއް ލިބި އަދި ތާވަލްގެ އެންމެ ފުލުގައި އޮތް ރިވަރިންގެ ގޯލު ފޫއަޅުވާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ރުޝާން އަހުމަދު ދީދީ (ރުއްޓޭ)އެވެ. ފުރަތަމަ ހާފްގެ އިތުރު މިނިޓްގައި ރުއްޓޭ ޖެހި މި ލަނޑާއި އެކު ފުރަތަމަ ހާފް ނިމުނީ 1-0 ލަނޑުން މަލްޓީ ޖީނިއަސް ލީޑުގައި އޮވެއެވެ.
މެޗްގެ 51 ވަނަ މިނިޓްގައި މަލްޓީ ޖީނިއަސްގެ ދެވަނަ ލަނޑު އެޓީމުގެ ޖޯޒީ ނަންބަރު 9 އިބްރާހިމް ޝާހިދު (ގިޓާ) ކާމިޔާބުކުރިއެވެ. އަދި ތިންވަނަ ލަނޑު ރުއްޓޭ ކާމިޔާބު ކުރީ މެޗްގެ 67 ވަނަ މިނިޓްގައި އެވެ. އަދި ފަހު ލަނޑު މެޗްގެ 81 ވަނަ މިނިޓްގައި ކާމިޔާބު ކުރީ އަބްދުﷲ އުމެއިޝްއެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދެލަނޑު ކާމިޔާބު ކުރި ރުއްޓޭއެވެ.
މާދަމާ މުބާރާތުގެ 11 ވަނަ މެޗްގައި ބައްދަލު ކުރާނީ ދަ ފޭދޫ އަދި ޔަޝީއެވެ.