Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މުގާބޭ ކަންތައް ނިމިއްޖެ، ދެން އޮތީ ޔާމީންބެގެ ކަންތައް ނިންމުން: މަހްލޫފް

ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭގެ ކަންތައް ނިމިއްޖެ ކަމަށާއި ދެން އޮތީ "ޔާމީންބެ"ގެ ކަންތައް ނިންމުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޚު ވެސް ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައި މަހްލޫފް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މަހްލޫފްގެ ޓްވީޓްގައި "ޔާމީންބެ" އެއްގެ ވާހަކަ ވިދާޅުވެފައި ވިޔަސް އެއީ ކޮންބޭފުޅެއް ކަން ތަފްސީލް ކުރައްވާފައެއް ނުވެއެވެ. އަދި އެއީ ކޮން "ޔާމީންބެ" އެއް ތޯ އޮޅުންފިލުވުމަށް މަހްލޫފްގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

1980 ވަނަ އަހަރުން ފެށިގެން ޒިމްބާބުވޭގެ ވެރިކަން ކުރައްވަމުން ގެންދަވާ އުމުރުފުޅުން 93 އަހަރުގެ ވެރިކަން އެ ގައުމުގެ ސިފައިން މިއަދު ވަނީ ވައްޓާލާފައެވެ.

ޒިމްބާބުވޭ ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް ހޯދާފައި ވަނީ ނައިބް ރައީސްގެ މަގާމުން އެމާސަން ނަންގަގްވާ މިދިޔަ ހަފުތާގައި ވަކިކުރުމާ ގުޅިގެންނެވެ. އެމާސަން މަގާމުން ދުރު ކުރަން ޖެހުނީ މުގާބޭގެ އަނބިކަނބަލުން ގްރޭސްއާ ޚިޔާލު ތަފާތުވެގެންނެވެ.