ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ ޓޯނަމެންޓް 2017 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ދަޑިމަގު ރަނިން ހޯދައިފިއެވެ.
ދަޑިމަގު ރަނިން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗްގައި ފްރެންޑްސް ކުލަބު ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ދަޑިމަގު ރަނިން ޗެމްޕިއަންކަން ހޯދީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.
މެޗްގެ ސެޓުތައް ދަނޑިމަގު ރަނިން ގެންދިޔައީ 21،25، 21،25 އަދި 14،25 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަނޑިމަގު ރަނިން ޓީމްގެ ނިރުމަލާއެވެ.
ރޭގެ ފައިނަލް މެޗަށް ފަހު އަންހެން ޑިވިޝަންގެ ވަނަ ވަނައަށް ދިޔަ ކުޅުންތެރިންނަށް ވަނީ އިނާމު ދީފައެވެ.