Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

ވޯލްޑް ކަޕަށް ކޮލިފައިވި ފަހު ޓީމަކަށް ޕެރޫ

އަންނަ އަހަރު ރަޝިޔާގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2018 ގައި ވާދަކުރާ 32 ޓީމުގެ އެންމެ ފަހު ޖާގަ ޕެރޫ އިން ހޯދައިފިއެވެ.

ނިއުޒިލެންޑާއި ބައްދަލުކޮށް 0-2 އިން ޕެރޫ މެޗު ކާމިޔާބުކޮށް ވޯލްޑް ކަޕުން ޖާގަ ހޯދާފައިވަނީ މިމެޗުގެ ފުރަތަމަ ލެގު 0-0 އިން އެއްވަރު ވުމަށް ފަހުގައެވެ.

ޕެރޫގެ ޖެފަސަން ފަރްފަން ޖެހި ގޯލާއެކު ޓީމަށް އުއްމީދު އާވެފައިވާއިރު ދެވަނަ ހާފުގައި ކްރިސްޓިއަން ރާމޮސް ވަނީ ޕެރޫއަށް ތިން ޕޮއިންޓާއި ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުކޮށްދީފައެވެ.

މިއީ 1982 ވަނަ އަހަރަށް ފަހު ޕެރޫ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އަދި ދެކުނު އެމެރިކާއިން ވޯލްޑް ކަޕުގައި ބައިވެރިވާ 5 ވަނަ ޓީމަށް ޕެރޫ ވަނީ ވެފައެވެ.

މިފަހަރުވެސް އެންމެ ގިނަ ގައުމެއް ވޯލްޑް ކަޕްގައި ބައިވެރިވާ ބައްރަކީ ޔޫރަޕެވެ. އެގޮތުން ޔޫރަޕުން 14 ގައުމެއް ވޯލްޑް ކަޕުގައި ކުޅޭނެއެވެ. މުބާރާޓް ބާއްވާ ގައުމު ރަޝިޔާގެ އިތުރުން ވޯލްޑް ކަޕުގައި ކުޅޭނީ ޖަރުމަނު، އިނގިރޭސިން، ފްރާންސް، އައިސްލޭންޑް، ބެލްޖިއަމް، ސުވިޒަލެންޑް، ޑެންމާކް، ޕޯޗުގަލް، ސްޕެއިން، ކްރޮއޭޝިއާ، ޕޮލެންޑް، ސާބިއާ އަދި ސްވިޑެންއެވެ.

ދެކުނު އޭޝިޔާ: ބްރެޒިލް، އާޖެންޓީނާ، ކޮލޮމްބިއާ، އުރުގުއޭ އަދި ޕެރޫ.

އޭޝިޔާ: އިރާން، ސައުދީ އަރަބިއްޔާ، ޖަޕާން، ދެކުނު ކޮރެއާ، އޮސްޓްރޭލިއާ.

އުތުރު، މެދު އެމެރިކާ އަދި ކެރީބިއަންސް: މެކްސިކޯ، ކޮސްޓަރިކާ، ޕެނަމާ.

އެފްރިކާ: ނައިޖީރިއާ، މިސްރު، ޓިއުނީޝިއާ، ސެނެގަލް، މޮރޮކޯ.

މުބާރާތުގެ ގުރުލުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގައެވެ. ވޯލްޑް ކަޕް 2018 ފެށޭނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހުގައެވެ.