Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ހުޅުދޫ ސްކޫލްގެ އަންހެން ދަރިވަރުންނަށް ގޯނާކުރި ބިދޭސީ ޓީޗަރު ހޭއަރުވާލައިފި!

ހުޅުދޫ ސްކޫލްގެ ދަރިވަރުންތަކެއް.

އައްޑޫ ސިޓީ ހުޅުދޫ ސްކޫލްގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރަކު އަންހެން ދަރިވަރުންނަށް ތަކުރާރުކޮށް ގޯނާކުރަމުންދާ ކަމުގެ ތުހުމަތުގައި އެ ރަށު ބަޔަކު ނިކުމެ ޓީޗަރަށް ހަމަލާދީފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރިވަރުންނަށް ގޯނާ ކުރާކަމަށް ބުނެ ހަމަލާދީފައި ވަނީ، ހުޅުދޫ ސްކޫލްގައި ސައިންސް ކިޔަވައިދޭ އިންޑިޔާގެ ޓީޗަރަކަށެވެ. އަދި މިހާރު އެ ޓީޗަރު ވަނީ އޭނާގެ ޤައުމަށް ފޮނުވާލާފައެވެ.

ހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެ ޓީޗަރަށް ހަމަލާދީ ޒަޚަމް ކޮށްލާފައި ވަނީ ނިދަން އޮތްވައި ދަންވަރުގެ ވަގުތެއްގައެވެ. އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކޮށްފައި ވާއިރު ހުޅުމީދޫ ސިއްހީ މަރުކަޒުގައި ވެސް އޭނާ އަށް ވަނީ ފަރުވާދީފައެވެ.

ބިދޭސީ ޓީޗަރަށް ހަމަލާދީފައި މިވަނީ އޭނާ އަންހެން ދަރިވަރުންނަށް ގޯނާ ކުރާ މައްސަލަ ސްކޫލްގެ މެނޭޖްމަންޓުގެ ސަމާލުކަމަށް ވެސް ގެނެސްފައި ވަނިކޮށެވެ.

ހުޅުދޫ ސްކޫލްގެ ބައެއް ބެލެނިވެރިން ބުނާ ގޮތުގައި، ބިދޭސީ ޓީޗަރަށް ބަޔަކު ހަމަލާދީފައި ވަނީ ހުޅުދޫ ސްކޫލުން "ނުކުޅެދިފައިވާ" ކަމަށް ބުނެ ކަމަށެވެ.

މި މައްސަލަ އާއި ގުޅޭ ގޮތުން ހުޅުދޫ ސްކޫލްގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފައެވެ. އެހެން ނަމަވެސް އެ ސްކޫލްގެ ލީޑިން ޓީޗަރަކު ވަނީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަން 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.