Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

މޯލްޑިވިއަންގެ ސީޕްލޭނެއްގެ ކަނދެއް ބިނދިއްޖެ

ފޮޓޯ-ސަން

މޯލްޑިވިއަންގެ ސީޕްލޭނެއް ފުރަން ނައްޓާލިވަގުތު އޭގެ އެއް ކަނދު ނެއްޓި އަޑިއަށް ގޮސްފިއެވެ.

މިހާދިސާ ހިނގިއިރު ބޯޓުގައި 15 މީހުން ތިއްބެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެ ވަނީ ސަލާމަތް ކުރެވިފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

ދ. ދޫރެސް ރިސޯޓުން ބޯޓު ނައްޓާލަން އުޅުމުގެ ތެރޭގައި ކަނދު ނެއްޓިފައިވަނީ އެއްޗެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބޯޓު ނެގުމުގެ މަސައްކަތް މިހާރު މޯލްޑިވިއަން އިން ދަނީ ކުރަމުންނެވެ.

މިދިޔަ މަހުގައި މޯލްޑިވިއަންގެ ސީޕްލޭނެއް ވަނީ ހުޅުލެއަށް ޖައްސަން އުޅެނިކޮށް ވެއްޓިފައެވެ. އެހާދިސާގައިވެސް ބޯޓުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.